ފަރުވާ ހޯދަމުންދަނިކޮށް އަރީޝާ ނިޔާވެއްޖެ

މަދުން ނޫނީ ނުފެންނަ ދެ ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށް އަރީޝާ އަބްދުﷲ ނިޔާވެއްޖެއެވެ. އަރީޝާ ނިޔާވެފައިވަނީ ޓްރީޓޮޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އާއިލާއިން ބައެއް މީޑިއާ...

05 Mar 2022 | 08:37

މަދުން ނޫނީ ނުފެންނަ ދެ ބައްޔަކަށް ފަރުވާ ހޯދަމުންދަނިކޮށް އަރީޝާ އަބްދުﷲ ނިޔާވެއްޖެއެވެ.

އަރީޝާ ނިޔާވެފައިވަނީ ޓްރީޓޮޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވަނީ އަރީޝާ ނިޔާވީ ކުއްލިއަކަށް ހާލު ދެރަވެގެން ކަމަށެވެ.

އުމުރުން 23 އަހަރުގެ އަރީޝާ ފަރުވާ ހޯދަމުންދިޔައީ މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް ކަމުގައިވާ ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަނާއި ޝޯގްރީން ސިންޑްރޯމަށެވެ.

އަރީޝާ ނިޔާވި އިރު އާއިލާއިން މަސައްކަތް ކުރަމުންދިޔައީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓެއް ހެދުމަށް އިންޑިއާއަށް ގެންދިއުމަށެވެ. އެކަމަށްޓަކައި ފައިސާ އެއްކުރުމަށް މީޑިއާތައް މެދުވެރިކޮށް އެހީތެރިކަމުގެ ކެމްޕޭނުވެސް އާއިލާއިން ކުރިއަށް ގެންގޮސްފައިވެއެވެ.

އަރީޝާގެ އާއިލާއިން ކުރިން ބުނެފައިވާގޮތުގައި މި ފަހަކަށް އައިސްް އަރީޝާގެ ހާލަތު އިތުރަށް ގޯސްވީ މިދިޔަ ޖަނަވަރީ މަހު ކޮވިޑަށް ޕޮޒިޓިވް ވި ހިސާބުންނެވެ. އެއަށްފަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަކަމަށް އާއިލާއިން ކުރިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް