ފުލުހުންގެ އިސްވެރިން މިހާރު އެމެރިކާއަށް ކުރަމުންދާ ދަތުރުގައި އދ. ގެ އާންމމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުވުން އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔައީ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގަ އެވެ. ފުލުހުންގެ ވެރިންގެ އެމެރިކާ ދަތުރުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިބައްދަލުވުމުގައި ސީޕީ ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ ދަތުރުފުޅަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އެމެރިކާއާ ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިދަތުރަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް