ރަޝިޔާގެ މަހުޖަނެއްގެ ސުޕަޔޮޓެއް ފްރާންސުން އަތުލައިގަތީ ބާރު ސްޕީޑުގައި ރާއްޖެއަށް މިސްރާބު ޖަހާފައިވަނިކޮށް

އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުން ބާރު ލިބި ރަޝިޔާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތައް ގައުުމުތަކުން އަތުލަމުން އަންނަ އައުމަށް ފްރާންސުން ބޮޅެއް އިތުރުކޮށްފިއެވެ. ފްރާންސުން އިއްޔެ އަތުލައިގަތީ ރ...

05 Mar 2022 | 07:59

އީޔޫއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުން ބާރު ލިބި ރަޝިޔާގެ މަހުޖަނުންގެ ސުޕަރ ޔޮޓްތައް ގައުުމުތަކުން އަތުލަމުން އަންނަ އައުމަށް ފްރާންސުން ބޮޅެއް އިތުރުކޮށްފިއެވެ.

ފްރާންސުން އިއްޔެ އަތުލައިގަތީ ރަޝިޔާގެ މަހުޖަނެއް ކަމުގައިވާ އިގޯރް ސެޗިންގެ އަމޯރް ވޭރޯ ނަމަކަށްކިޔާ ސުޕަރ ޔޮޓެކެވެ. އިގޯރް ސެޗިން އަކީ ރަޝިޔާގެ އެންމެ ބޮޑު އެއް ތެޔޮ ކުންފުނި، ރޮސްނެފްޓްގެ ވެރިޔާ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފްރާންސުގެ ކަނޑުގެ ސަރަހައްދުން މި ޔޮޓް އަތުލައިގަތީ ބާރު ސްޕީޑްގައި ޔޮޓްގެ މިސްރާބު ރާއްޖެއަށް ހިފާފައިވަނިކޮށެވެ. އެގޮތުން އޭގެ އެންމެ ބާރު ސްޕީޑްގައި ދަތުރުުކުރަމުންދިޔަކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކުން މި އަޅާ ފިޔަވަޅުތަކުން ސަލާމަތްވުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ގުޅުން އޮންނަ މަހުޖަނުން ހިޔާރު ކުރަނީ ރާއްޖެ އާއި ސީޝެލްސް ފަދަ ދެތިން ގައުމެކެވެ. މި ގައުމުތައް ހިޔާރު ކުރަނީ މި ގައުމުތަކުން މި ޔޮޓްތައް އަތު ނުލެވޭނެތީއެވެ.

މިއީ މިގޮތަށް އަތުލައިގަތް ދެވަނަ ސުޕަރ ޔޮޓެވެ. މިދިޔަ ބުދަ ދުވަހު ޖަރުމަނުން ވަނީ ރަޝިޔާގެ މަހުޖަނެއް ކަމުގައިވާ އަލިޝާ އުސްމަނޮވްގެ ދިލްބަރު ޔޮޓްވެސް އަތުލައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް