އުތުރުގެ ރަށެއްގައި ދޮން ދަރިއަކަށް ޖިންސީ ގޯނާކުރި މުދިމަކު ހައްޔަރުކޮށްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ޕޮލިހުންގެ އުތުރު ރީޖަން ކަމަށް ބަލާ ސަރަހައްދުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ މައްސަލައެއް 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އެ ރަށުގެ މުދިންކަން ކުރާ މީހެކެވެ. އުތުރު ރީޖަންގެ ގޮތުގައި ފުލުުހުން ބަލަނީ ނ އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަސްތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް