ތައިލެންޑާއި ސައުދީން ޑައިރެކްޓު ފްލައިޓުތައް ފަށައި، އުމްރާއަށް މީހުން ގެންދަން ފަށައިފި

ތައިލެންޑާއި ސައުދީ އަރަބިއްޔާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށް ދެ ގައުމުގެ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ. ދެ ގައުމުން ކަނޑާލާފައި އޮތް ސިޔާސީ ގުޅުން އަލުން ގާއިމްކޮށްފައި މިވަނީ 32 އަހަރު ...

05 Mar 2022 | 07:08

ތައިލެންޑާއި ސައުދީ އަރަބިއްޔާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށް ދެ ގައުމުގެ ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.

ދެ ގައުމުން ކަނޑާލާފައި އޮތް ސިޔާސީ ގުޅުން އަލުން ގާއިމްކޮށްފައި މިވަނީ 32 އަހަރު ފަހުންނެވެ. ސިޔާސީ ގުޅުން އަލުން ގާއިމް ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެވެ.

މި ވޭތުވެދިޔަ މުއްދަތުގައި ސައުދީ އާއި ތައިލެންޑާއި ދެމެދު ވައިގެ ސީދާ ދަތުރުތައް ކޮށްފައެއް ނުވެ އެވެ.

ސައުދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ނިމުނު ހަފްތާޣައި ތައިލެންޑުން ވަނީ އުމްރާވެރިންގެ ފުރަތަމަ ޑައިރެކްޓު ފްލައިޓު ބާއްވާފަ އެވެ.

މި ފްލައިޓުން ސައުދީއަށް އުމްރާވެރިންނަށް އެގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑު އުމްރާއިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ސިޔާސީ ގުޅުން ގާއިމް ކުރުމަށް ފަހު ދެ ގައުމުން ވަނީ ސަފީރުންވެސް ކަނޑައަޅާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް