ޖަލު ހުކުމް އަންނަ ގާނޫނެއް ހެދުމުން ސީއެންއެން އާއި ބީބީސީން ރަޝިއާގަ ބްރޯޑްކާސްޓު ކުރުން ހުއްޓާލަނީ

ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ މީޑިއާ ކަމަށްވާ ބީބީސީ އާއި ސީއެންއެންއިން ރަޝިއާގައި ބްރޯޑްކާސްޓު ކުރުން ހުއްޓާލަން ނިންމައިި އެވެ. މިގޮތަށް ނިންމީ މިހާރު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފަށާފައިވާ ...

05 Mar 2022 | 04:30

ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ މީޑިއާ ކަމަށްވާ ބީބީސީ އާއި ސީއެންއެންއިން ރަޝިއާގައި ބްރޯޑްކާސްޓު ކުރުން ހުއްޓާލަން ނިންމައިި އެވެ.

މިގޮތަށް ނިންމީ މިހާރު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން ހަބަރު ފަތުރާގޮތުން ރަޝިއާ ސަރުކާރުން ބިރު ދައްކަމުންދާތީ އެވެ. އަދި މިހާރު ވަނީ އެ ގައުމުގެ ސިފައިންނާއި ދެކޮޅު ހަބަރު ފަތުރާ މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން ގާނޫނެއް ފާސްކޮށްފަ އެވެ.

މި ގާނޫނު ބުނާގޮތުން ރަޝިޔާ ސިފައިންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރާނަމަ 15 އަހަރަށް ޖަލަށްލެވޭނެ އެވެ. މި ގާނޫނު ރަޝިއާގެ ރައީސް ލަޑިމިއަ ޕޫޓިން ވަނީ ތަސްދީގު ކުރައްވައިފައެވެ.

މި ދެ ޗެނަލްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ޗެނަލްތައް ކަމަށްވާ ބްލޫމްބާގް، ސީބީސީ، ފައިނޭންޝިއަލް ޓައިމްސްއިން ވަނީ ރަޝިއާގައި ބްރޯޑްކާސްޓު ކުރުން ހުއްޓާލަން ނިންމާފައި އެވެ. އަދި ރަޝިއާގައި ހަމަހަމަ ކަމާއި އެކު އެންމެ ފުޅާ ދާއިރާގައި ހަބަރު ފަތުރާ ޓީވީ ޗެނަލް ކަމަށްވާ ޓީވީ ރެއިންއިން ވަނީ އެ ގާނޫނާއި ސަރުކާރުގެ ފިއްތުންތަކާއި ހެދި ބްރޯޑްކާސްޓު ކުރުން ކުރިޔަށް ނުގެންވިގެން ވަގުތީގޮތުން އެތަން ބަންދުކޮށްފަ އެވެ.

މީޑިއާއިން ރަޝިއާގައި ބްރޯޑްކާސްޓު ކުރުން ހުއްޓާލަން ނިންމި އިރު ރަޝިއާއިން ބުނަމުން ދަނީ އެމީހުން ޔޫކްރެއިންގައި ހަނގުރާމަ ކުރަމުން ނުދާ ކަމަށެވެ. ޔޫކްރެއިންގައި ހިންގަމުން ދަނީ އަސްކަރީ އޮޕަރޭޝަނެއް ކަމަށާޢި އެ އޮޕަރޭޝަން ހަނގުރާމައަކަށް ބަދަލުވާނީ އެހެން ގައުމުތަކުން ޔޫކްރެއިން އާއި ބައިވެ، ރަޝިއާ އާއި ދެކޮޅަށް ނުކުމެއްޖެ ނަމަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް