ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 14 ރުފިޔާއިން މައްޗަށް، ސަބަބަކީ ޔޫކްރެއިން ހަނގުރާމަ

އެސްޓީއޯއިން ވިއްކާ ތެލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ބުނެފައިވާގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 14.60 އަށެވެ. ޑީސަލް ލީޓަރެއް ގަންނަން ލި...

05 Mar 2022 | 02:44

އެސްޓީއޯއިން ވިއްކާ ތެލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވާގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ގަންނަން ލިބޭނީ 14.60 އަށެވެ. ޑީސަލް ލީޓަރެއް ގަންނަން ލިބޭނީ 14.80 އަށެވެ.

މިއީ ތެލުގެ އަގު މި އަހަރު ރާއްޖޭގައި ބޮޑުވި ތިންވަނަ ފަހަރެވެ.

މިދިޔަ މަހުގެ 13ގައި އެންމެފަހުން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވި އިރު ޕެޓްރޯލް ލީޓަރެއް ވިއްކާފަފައިވަނީ 12.98 އަށެވެ. ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 13.04 އަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުންދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފައިވާކަމަށެވެ.

އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްެދެމުން ގެންދިއުމަށްކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް