ގައުމުން ނުފައިބާނެ ކަމަށް ބުނި ރައީސް ޒެލެންސްކީ ހުންނެވީ ޕޮލެންޑުގައި: ރަޝިއާ

ޔޫކްރެއިންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ގައުމު ދޫކުރައްވާ ޕޮލެންޑަށް ވަޑައިގެންފަ ވާކަމަށް ރަޝިއާއިން ބުނެފި އެވެ. ރަޝިއާގެ ސްޓޭޓް ޑޫމާ އާއި ހަވާލާދީ ރަޝީއާގެ ދައުލަތުގެ ހިންގާ ސްޕުޓްނިކް ނޫހުން ރިޕ...

04 Mar 2022 | 19:25

ޔޫކްރެއިންގެ ރައީސް ވޮލޮދިމިރު ޒެލެންސްކީ ގައުމު ދޫކުރައްވާ ޕޮލެންޑަށް ވަޑައިގެންފަ ވާކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ސްޓޭޓް ޑޫމާ އާއި ހަވާލާދީ ރަޝީއާގެ ދައުލަތުގެ ހިންގާ ސްޕުޓްނިކް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޒެލެންސްކީ މިވަގުތު ގައުމަކު ނެތެވެ. މި ހަބަރު ރިޕޯޓު ކުރީ ޔޫކްރެއިންގެ މަޖިލީހުން ދީފައިވާ މައުލޫމާތުތަކާއި ހަވާލާދީ ކަމަށް ބުނެފައިވެ އެވެ.

ކުރިން ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ އެލްވިވްގައި ހުންނެވި އިރު ޒެލެންސްކީ އާއި މުއާމަލާތް ކުރެވުނު ނަމަވެސް މިހާރު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. އަދި މިހާރު ރައީސް ޒެލެންސްކީ ހުންނެވީ ޕޮލެންޑުގައި ކަމަށް ބުނެފައިވެ އެވެ.

ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޒެލެންސްކީ ހުންނެވީ ޕޮލެންޑުގައި ހުންނަ އެމެރިކާ އެމްބަސީގައި އެވެ. އަދި މިހާރު ޔޫކްރެއިން ހިންގަނީ އެމެރިކާ އެމްބަސީން ކަމަށް ބުނެ އެވެ.

ރަޝިއާގެ މި ތުހުމަތުތައް ޔޫކްރެއިން ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އެ ގައުމުން ބުނީ ރައީސް ޒެލެންސްކީ ވެރިރަށް ކީވްގައި ހުންނެވިކަން ޔަގީންކޮށްދޭ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލް ހާމަކޮށްފައި ނުވާތީ ޔޫކްރެއިންގެ ވާހަކަތައް ކަށަވަރު ކުރަން ދަތިކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން އެމެރިކާ އާއި ފްރާންސުން ވަނީ ހަނގުރާމައަށް ފިނިކަން އަންނާނީ ޒެލެންސްކީ ޔޫކްރެއިނުން ބޭރު ވެގެން ކަމަށް ބުނެފަ އެވެ. އެކަމަށް އެހީވެ އޭނާއަށް ހިމާޔަތްދޭން ދެ ގައުމު ތައްޔާރަށް އޮތް ކަމަށް ބުންޏެވެ. ޒެލެންސްކީ ވަނީ އެ ފުރުސަތު ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ޒެލެންސްކީ ކުރިން ވިދާޅުވީ ރަޝިއާގެ އަމާޒަކީ އޭނާ މަރާލުން ކަމަށެވެ. އެކަމަކު ގައުމުދޫކޮށް އަމާން ދިނުމަށް ފަހު ނުދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް