މައްސަލަ ހައްލުކޮށް ދެ ގަޑި އިރު ފަހުން މާލެއަށް ފެނާއި ކަރަންޓު ދީފި

މުޅި މާލެއިން ކަރަންޓާއި ފެން ކެނޑުނުތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރު ވީފަހުން މައްސަލަ ހައްލުކޮށް މާލެއަށް ފެނާއި ކަރަންޓު ދީފި އެވެ. ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނާޒިރު ވިދާޅުވީ ކ...

05 Mar 2017 | 12:30

މުޅި މާލެއިން ކަރަންޓާއި ފެން ކެނޑުނުތާ ދެ ގަޑި އިރަށް ވުރެ ގިނަ އިރު ވީފަހުން މައްސަލަ ހައްލުކޮށް މާލެއަށް ފެނާއި ކަރަންޓު ދީފި އެވެ.

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނާޒިރު ވިދާޅުވީ ކަރަންޓު ކެނޑުނީ އެމްޑަބްލިޔުއެސްސީ ކައިރީގައި ހުރި ޓްރާންސްފޯމަރެެއްގެ ގޮވުމުން ކަމަށެވެ. އެމްޑަބްލިއުއެސްސީ ސަރަހައްދުގައި އެގަޑީގައި ހުރި މީހަކު ބުނީ ކަރަންޓު ކެނޑުމުގެ ކުރިން ބާރު އަޑެއް އެ ސަރަހައްދުން އިވުނު ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ މައްސަލައިގަ ދެން ކަރަންޓުގެ ހިދުމަތް މެދު ނުކެނޑޭނެ ކަމަށެވެ.

އެ ޓްރާންސްފޯމަރު ގޮވުމުން ސްޓެލްކޯއިން މާލެއަށް ކަރަންޓު ދޭން ބޭނުން ކުރާ ހުރިހާ ޖަނަރޭޓަރެއް ނިވުނެވެ. އަދި ފެނުގެ ހިދުމަތްވެސް މެދު ކެނޑުނެވެ.

މުޅި މާލެއަށް އެއްކޮށް ކަރަންޓު ދެވޭވަރުވީ ހަވީރު 4:15 ހާއިރު އެވެ.

ކަރަންޓާއި ފެން ކެނޑިފައި ހުރި ދެ ގަޑިއިރެއްހާއިރު މާލޭގެ ހުރިހާ އާންމު ހިދުމަތެއް ހެން އޮތީ ހުއްޓުމަކަށް އައިސްފައި އެވެ.

އެގޮތުން ބައެއް ފިހާރަތުން ފެން ފުޅި ހުސްވިއިރު ޕެޓްރޯލްޝެޑްތައް ހުރީ ބަންދުކޮށްފައި އެވެ. ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑާލަން ޖެހުނެވެ.

މުއާސަލާތީ ހިދުމަތްތަކާއި އިންޓަނެޓުގެ ހިދުމަތްވެސް ވަނީ މެދުކެނޑިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް