މާލޭގައި އާންމު ހިދުމަތްތައް މެދުކެނޑި، ފިހާރަތަކުން ފެން ފުޅި ހުސްވަނީ!

މުޅި މާލެއިން މިއަދު މެންދުރު 1:30 ހާ އިރުން ފެށިގެން ފެނާއި ކަރަންޓު ކެނޑުމުން އާންމު ގިނަ ހިދުމަތްތަކެއް ހުއްޓިއްޖެ އެވެ. ދުވަހުގެ ނޫސްވެރިން ކަރަންޓު ކެނޑުމުން މާލޭގެ އެކި ސަރަހައްދުތަކަށް ގޮސް ހިދ...

05 Mar 2017 | 10:27

މުޅި މާލެއިން މިއަދު މެންދުރު 1:30 ހާ އިރުން ފެށިގެން ފެނާއި ކަރަންޓު ކެނޑުމުން އާންމު ގިނަ ހިދުމަތްތަކެއް ހުއްޓިއްޖެ އެވެ.

ދުވަހުގެ ނޫސްވެރިން ކަރަންޓު ކެނޑުމުން މާލޭގެ އެކި ސަރަހައްދުތަކަށް ގޮސް ހިދުމަތް ފޯރުކޮށްދޭ ގޮތް އޮޅުން ފިލުވަމުންދާއިރު ގިނަ ހިދުމަތްތައްތައް ދެވޭނީ ކަރަންޓު ލިބުމުން ކަމަށް ބުނެ އެވެ. ބައެއް ފިހާރަތުން މިހާރު ވަނީ ފުޅިފެން ހުސްވެފައި އެވެ.

އެގޮތުން އެސްޓިއޯގެ ހުރިހާ ޕެތްރޯލް ޝެޑްތަކެއް ވަނީ ކަރަންޓު ދިއުމުން ބަންދުކޮށްފައި އެވެ. ކަރަންޓު ކެނޑުމުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްހެން ދެމުންދިޔަ ހިދުމަތް ވަނީ މެދުގަނޑާލާފައި އެވެ.

އައިޖީއެމްއެޗުގައި ކަރަންޓު ދެމުންދަނީ ހޮސްޕިޓަލުގެ ބައެއް ސަރަހައްދުތަކަށެވެ. ކަރަންޓު ދިއުމުގެ ސަބަބުން މުއާސަލާތީ ހިދުމަތް ވަގުތުކޮޅަކަށް މެދުކެނޑުނު ނަމަވެސް މިހާރު ދަތިތަކާއި އެކު ހިދުމަތް ލިބެ އެވެ.

ލިފްޓް ބޭނުންކޮށްގެން ފައިބަން ޖެހޭ ގޭގޭގައި މީހުންނަށް ގެއިން ނުފޭބިފަ ތިބިކަމުގެ މައުލޫމާތުވެސް ލިބެ އެވެ. އިންޓަނެޓްގެ ހިދުމަތްވެސް ވަނީ މެދު ކެނޑިފައި އެވެ.

ސްޓެލްކޯއިން ފެނުގެ ހިދުމަތް ކެނޑުނީ އެމްޑަބްލިިއުއެސްސީއިން ބޭނުން ކުރަނީ ސްޓެލްކޯގެ ކަރަންޓަށް ވުމުން ކަމަށެވެ.  ކަރަންޓު ދިޔައީ އެމްޑަބްލިއުއެސްސީ އާއި ޔުނިވާސިޓީ އާއި ދެމެދު ގޯޅިގަނޑުގައި ހުރި ޓްރާންސްފޯމަރެއް ގޮވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް