ހިމަބިހި ކެމްޕެއިންގައި 32 ޕަސެންޓު މީހުންނަށް ވެކްސިން ދީފި

ރާއްޖެއިން ހިމަބިހި ނައްތާލުމަށް ކުރިޔަށް ގެންދާ "މަވެސް ޖަހައިފިން" ގައުމީ ކެމްޕެއިން ގައި މިހާތަނަށް 33 ޕަސެންޓު މީހުން ވެކްސިން ޖަހައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އ...

05 Mar 2017 | 09:52

ރާއްޖެއިން ހިމަބިހި ނައްތާލުމަށް ކުރިޔަށް ގެންދާ "މަވެސް ޖަހައިފިން" ގައުމީ ކެމްޕެއިން ގައި މިހާތަނަށް 33 ޕަސެންޓު މީހުން ވެކްސިން ޖަހައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދަނީ މިދިޔަ ފެބްރުއަރީ 26 ން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޗްޕީއޭއިން ބުނެފައިވަނީ މި ވެކްސިން ޖަހަން ޖެހޭ 75،000 މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަމާޒަކީ އުމުރުން 14 އަހަރާއި 25 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހަންޖެހޭ މީހުންގެ 95 ޕަސެންޓު މީހުން ގަޔަށް ވެކްސިން ޖެހުން ކަމަށެވެ. އަދި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން މީސެލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒް ހަމަނުވާ ހުރިހާ ކުދިންނަށް ވެކްސިން ދިނުން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓްލަތަކުގައި މި މުއްދަތުގައި އެމްއާރު ވެކްސިން ދިނުމުގެ ހަރަކާތް ކުރިޔަށް ގެންދާއިރު މާލޭގެ 11 ސަރަހަްދެއްގައި ވަނީ އެމްއާރު ވެކްސިން ދިނުމަށް ޑެސްކްތައް ބަހައްޓާފައި އެވެ. އެޗްޕީއޭއިން ބުނީ މި ހަފްތާ ބަންދުގައި އިތުރު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް