މުޅި މާލެއިން ކަރަންޓާއި ފެން ކެނޑިއްޖެ

މުޅި މާލެއިން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ. މުޅި މާލެއިން ކަރަންޓު ކެނޑުނީ މެނދުރު 1:30 ހާއިރު އެވެ ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނާޒިރު ވިދާޅުވީ ކަރަންޓު ކެނޑުނީ އެ...

05 Mar 2017 | 08:51

މުޅި މާލެއިން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

މުޅި މާލެއިން ކަރަންޓު ކެނޑުނީ މެނދުރު 1:30 ހާއިރު އެވެ

ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަބްދުﷲ ނާޒިރު ވިދާޅުވީ ކަރަންޓު ކެނޑުނީ އެމްޑަބްލިޔުއެސްސީ ކައިރީގައި ހުރި ޓްރާންސްފޯމަރެެއްގެ ގޮވުމުން ކަމަށެވެ. އެމްޑަބްލިއުއެސްސީ ސަރަހައްދުގައި އެގަޑީގައި ހުރި މީހަކު ބުނީ ކަރަންޓު ކެނޑުމުގެ ކުރިން ބާރު އަޑެއް އެ ސަރަހައްދުން އިވުނު ކަމަށެވެ.

އެ ޓްރާންސްފޯމަރު ގޮވުމުން ސްޓެލްކޯއިން މާލެއަށް ކަރަންޓު ދޭން ބޭނުން ކުރާ ހުރިހާ ޖަނަރޭޓަރެއް ނިވުނެވެ.

ނާޒިރު ވިދާޅުވީ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު ބައެއް ސަރަހައްދު ތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ސަރަހައްދު ތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ.

މުޅި މާލެއަށް ކަރަންޓު ދެވޭނެ އިރެއް ހާމައެއް ނުކުރެ އެވެ. ދުވަހަށް އެނގިފައިވާގޮތުގައި ހެންވޭރުގެ ބައެއް ހިސާބުތަކަށް ކަރަންޓު ލިބެން ފަށައިފި އެވެ.

ސްޓެލްކޯ އިމާރާތުގެ ކައިރީގައި ގިނަ އަދަދެއްގެ މީހުން އެއްވެފައި އޮތް އިރު އެ ތަނުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ވެހިކަލެއްވެސް އެބަ އޮތެވެ. އަދި ފުލުހުން ދަނީ ސްޓެލްކޯގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

އެއްވެފައިވާ މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ފެނުގެ ހިދުމަތް މެދުކެނޑުނީ އެމްޑަބްލިއުއެސްސީގައި ބޭނުން ކުރަނީ ސްޓެލްކޯގެ ކަރަންޓަށް ވުމުން ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް