އަމީނީ މަގުގައި ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓު ހިނގީ ދެ ފުލުހަކު އަރައިގެން ދުއްވި ސައިކަލެއް އަމީނީ މަގު ހުރަސް ކުރަން އުޅުމުގެ ތެރޭ ހެންވޭރަށް
ދަތުރު ކުރަމުން ދިޔަ ޕްރައިވެޓް ކާރެއް ސައިކަލުގައި ޖެހިގެންނެވެ.
މިހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު ކާރަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއްވެފައިވެ އެވެ.
އެސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް