މަގުމައްޗަށް ގޭސް ލީކުވި ކަމަށް ބުނާ ހަބަރު މޯލްޑިވްސް ގޭސް އިން ދޮގުކޮށްފި

މޯލްޑިވްސް ގޭސްގެ ޕިކަޕެއްގައި ގެންދިޔަ ގޭސް ފުޅިއަކުން މަގުމައްޗަށް ގޭސް ލީކުވި ކަމަށް ބުނާ ހަބަރު އެ ކުންފުނިން ދޮގުކޮށްފި އެވެ. މިއަދު "ސަން" އޮންލައިންގައި ގޭސް ލީކުވި އިރު އެ ސަރަހައްދުގައި ހުރި ...

05 Mar 2017 | 05:17

މޯލްޑިވްސް ގޭސްގެ ޕިކަޕެއްގައި ގެންދިޔަ ގޭސް ފުޅިއަކުން މަގުމައްޗަށް ގޭސް ލީކުވި ކަމަށް ބުނާ ހަބަރު އެ ކުންފުނިން ދޮގުކޮށްފި އެވެ.

މިއަދު "ސަން" އޮންލައިންގައި ގޭސް ލީކުވި އިރު އެ ސަރަހައްދުގައި ހުރި ފުލުހަކާއި ހަވާލާ ދީ ލިޔެފައިވަނީ އެއް ފަހަރު ގޭސް ލީކުވުމުން ޕިކަޕުގައި ހުރި ބިދޭސީ މީހާ މަތި ބާރުކުރި ފަހުން އަނެއްކާވެސް ލީކުވި ކަމަށެވެ. އަދި އެ ގަޑީގައި ވަރަށް ބާރު އަޑެއް ގޮވި ކަމަށެވެ.

މޯލްޑިވް ގޭސް އިން ބުނީ ގޭސް ލީކުވެފައި ނުވާ ކަމަށާއި ލީކުވެފައިވަނީ އޮކްސިޖަން ކަމަށެވެ. އެހާދިސާ ހިނގި ގޮތާއި ބެހޭގޮތުން ބުނެފައިވަނީ ބާރު އަޑަކީ އޮކްސިޖަން ސިލިންޑަރާއި ގޭސް ފުޅި ޖެހުމުން އޮކްސިޖަން ލީކުވި އަޑު ކަމަށެވެ.

އެ ކުންފުނިން ބުނީ ހަބަރު ގެނެސްދީފައިވަނީ  ކުންފުނީގެ ބަހެއް ނުހިމަނާ ކަމުން އާންމުންގެ ހިތްތަކުގައި ކުންފުންޏާއި މެދު އޮންނަ އިތުބާރު ކުޑަވާނެ ކަމަށެވެ. އަދި ބުނީ ކުންފުނިން ގޭސް ސަޕްލައި ކުރުމުގެ ހިދުމަތް ފޯރުކޮށްދެނީ ވަރަށް ބޮޑަށް ރައްކާތެރިކޮށް، ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ހަނި ގޮތްތައް ބަލައިގެން ކަމަށެވެ.

މިހާތަނަކަށް މަގުމަތީގައި ގޭސް އުފުލުމުގައި ލީކުވުމުގެ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް