ތިލަފުށީގައި އޮތް ދޯންޏެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ތިލަފުށީގައި އޮތް ފައިބަރު ދޯންނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ތިލަފުށީ ފަޔާ އެންޑް ރެސްކިއުއަށް އެ ހާދިސާގެ ރިޕޯޓު ކުރީ ރޭ ފަތުހު 4:40 އެހާއިރު ކަމަށާއި އަލިފާނ...

05 Mar 2017 | 04:03

ތިލަފުށީގައި އޮތް ފައިބަރު ދޯންނެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށީ ފަޔާ އެންޑް ރެސްކިއުއަށް އެ ހާދިސާގެ ރިޕޯޓު ކުރީ ރޭ ފަތުހު 4:40 އެހާއިރު ކަމަށާއި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ ހެނދުނު 6:30 ހާއިރު ކަމަށެވެ.

ރޯވެފައިވަނީ ތިލަފުށީ ބޯޓު ޔާޑުގައި އެހެލާފައި އޮތް ދޯންޏެއް ގައި އެވެ. އަލިފާން ރޯވެފައިވަނީ ދޯނީގައި ހުރި ޑީސަލް ޓޭންކެއްގައި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެކަމަކު ދޯންޏަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް