އަހަރެންގެ ދަރިފުޅަށް "ލިޓްލް ޖޯން" ކިޔަންޖެހޭ ސަބަބެއް ނޭނގުނު: ކަރީނާ

ބޮލީވުޑްގެ ޖޯޑު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލި ހާން އަށް ލޯބިން" ލިޓްލް ޖޯން" ކިޔަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ކަރީނާ ބުނެފި އެވެ. ކަރީނާ މިހެން ބުނީ އޭނާ ލޯބިން ތައިމޫރ...

05 Mar 2017 | 03:04

ބޮލީވުޑްގެ ޖޯޑު ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލި ހާން އަށް ލޯބިން" ލިޓްލް ޖޯން" ކިޔަން ޖެހޭ ސަބަބެއް ނޭނގޭ ކަމަށް ކަރީނާ ބުނެފި އެވެ.

ކަރީނާ މިހެން ބުނީ އޭނާ ލޯބިން ތައިމޫރަށް ކިޔަނީ 'ލިޓްލް ޖޯން" ކަމަށް ނޫހަކުން ރިޕޯޓު ކުރުމުންނެވެ.

ކަރީނާ ބުނީ ތައިމޫރާއި "ޖޯން" އައި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ތައިމޫރު ހާ ރީތި ނަމެއް، ރީތި ކުއްޖެއް ނުހުންނާނެކަމަށާއި، އެހެންވީމަ "ލިޓްލް ޖޯން" ނުކިޔާނެ ކަމަށެވެ.

އަދި އެހެން ކިޔަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ގޭތެރޭގައި އެހެން ނުކިޔާ ކަމަށް ކަރީނާ ބުންޏެވެ. އޭނާ ވަނީ ކުރުކޮށް އެ ނަން އާއިލާ ތެރޭގައި ބޭނުން ކުރާ ކަމަށް ރިޕޯޓު ކުރަން ޖެހުނު ސަބަބެއް އެނގެން ބޭނުންވާ ކަމަށް ބުނެފައި އެވެ.

ކަރީނާ ވަނީ ތައިމޫރަށް ތަފާތު ކުރު ނަންތައް ނުކިޔާ ތައިމޫރު އަލީ ހާން ކިޔުމަށް އެދިފައި އެވެ.

ތައިމޫރަށް ކުރުކޮށް ކިޔާ ނަމާ ގުޅޭގޮތުން ނޫހަކުން ރިޕޯޓު ކުރި އިރު ސައިފް ވަނީ މީހުން ފާޑު ކިޔާތީ ތައިމޫރުގެ ނަން ބަދަލު ކުރަން އުޅުނު ކަމަށް ބުނެފައި އެވެ. އެކަމަކު ނަން ބަދަލު ނުކުރީ ކަރީނާ ބޭނުން ނުވެގެން ކަމަށް ބުނެފައިވެ އެވެ.

ދެ ތަރިންނަށް ތައިމޫރު ލިބުނީ މިދިޔަ ޑިސެމްބަރު 20 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް