ޑެޕިއުޓީ މޭޔަރު ޝިފާ, ކަންކުރި ގޮތުން އަޅުގަނޑުމެން ލަދުގަނޭ: މާލޭ ސިޓީ ކައުންސިލް

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މުޒާހަރާކުރުމުން ހައްޔަރުކޮށްފައިވާ މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު އެ މަގާމުގައި ހުންނަވައިގެން އެފަދ...

05 Mar 2015 | 18:49

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލާ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު މުޒާހަރާކުރުމުން ހައްޔަރުކޮށްފައިވާ މާލޭ ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރު އެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގުމުގައި ބައިވެރިވީތީ އެކަމާ އިންތިހާއަށް ލަދުގަންނަ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލްގެ އިދާރާގެ ސްޓޭމްޕްޖަހާ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރަކު ސޮއިކުރައްވާ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮންމެފަދަ މަގާމެއްގައި ހުރިނަމަވެސް އެއްވެސްމީހަކީ ގާނޫނަށްވުރެ މަތީގައިވާ މީހެއް ނޫން ކަމަށެވެ. ގާނޫނު އެންމެންގެ މައްޗަށްވެސް ހަމަހަމަކޮށް ހިނގަންވާނެ ކަމަށެވެ.

އަދި ރައީސް ނަޝީދުގެ ޝަރީއަތަށް ހުރަސްއެޅޭގޮތަށް ހިންގާ އަމަލުތަކަކީ ގައިރުގާނޫނީ އަމަލުތަކެއްކަމަށް ގަބޫލު ކުރެވޭ ކަމަށާއި މާލެ ހަލަބޮލިކޮށް ރައްޔިތުންނަށް ޖެއްސުންކޮށް ވިޔަފާރި ސަރަހައްދުތައް ބަންދުކޮށްގެން ހިންގަމުންގެންދާ އަމަލުތައް މިހާރުން މިހާރަށް ހުއްޓުމަށް ގޮވާލާކަމަށްވެސް ސިޓީކައުންސިލްގެ ބަޔާނުގައި ވެއެވެ.

ސިޓީކައުންސިލުން ނެރުނު މި ބަޔާނުގައި ސޮއިކޮށްފައިވަނީ ކައުންސިލަރު ޒައިދުލް އަމީން އާއި ކައުންސިލަރު އިބްރާހިމް މަމްނޫން އަދި ކައުންސިލަރު މުހައްމަދު ސާޖިދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް