ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު "ވިލަރެސް" ނަމަކަށް ކިޔާ ދޯންޏެއް ޚަބަރެއް ނުވުމާ ގުޅިގެން މިދޯނީ ގެ ޚަބަރެއްވޭތޯ ދޯނީގެ ވެރިފަރާތާއި ގުޅިގެން ކޯސްޓްގާޑުން މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މިދޯނީގެ ޚަބަރެއް އެންމެ ފަހުންވެފައިވަނީ 2015 ފެބްރުއަރީ 27 ވަނަ ދުވަހުގެ މެންދުރުފަހު ކ.ގާފަރާއި ދިމާލުން ކަމަށެވެ. މިދޯނި ދާނެކަމަށް ލަފާކުރެވެނީ ކ.ދިއްފުށި ބޮޔާ ދިމާ ބޭރައްކަމަށް ވެރިފަރާތުން ކޯސްޓްގާޑަށް ވަނީ މައުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މިދޯންޏަކީ ދިގުމިނުގައި 72 ފޫޓްހުރި އޮޑިގަނޑުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައި އަދި ރަތް ކުލައިގެ ފަށެއް ދަމާފައިވާ، ގެގަނޑުގައި ހުދުކުލަ ލާފައިހުރި ދޯންޏެއްކަމަށް ކޯސްޓްގާޑުން ހާމަކޮށްފައިވާކަމަށާއި މިއުޅަނދާބެހޭ މަޢުލޫމާތެއް ލިބޭތޯ ބައްލަވައި ދެއްވައި، މިއުޅަނދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 އަށް ފެކްސް ކުރެއްވުމަށް ކޯސްޓްގާޑުން އެދިލައްވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް