ފުރަގަސްފަރާތުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުރަގަސްފަރާތުގައި ރައްކާކޮށްގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ. ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އ...

05 Mar 2015 | 07:01

ފުރަގަސްފަރާތުގައި ރައްކާކޮށްގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު މީހަކު ކަސްޓަމްސް އިން އަތުލައިގަނެ ފުލުހުންނާ ހަވާލުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ އުމުރުން 69 އަހަރުގެ ޕާކިސްތާނުގެ ރައްޔިތެއް ކަމަށާއި އެމީހާގެ ފުރަގަސްފަރާތުގައި މަސްތުވާތަކެތީގެ ފަސް ބުލެޓް ރައްކާކޮށްފައި ހުރި ކަމަށެވެ. އަދި އެ ތަކެތި ޓެސްޓް ކުރި އިރު އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ހިރޮއިން" އަށް ޕޮޒިޓިވްވެފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އިތުރަށްބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މި މައްސަލަ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް