ގއ. ވިލިނގިލީގައި ރޭ ހިނގި މާރާމާރީއެއްގައި ތިން މީހަކު ޒަހަމްވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރު ވިދާޅުވީ އެ މާރާމާރީ ހިންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި މާރާމާރީ ހިންގި ތިން މީހުންގެ ތެރެއިން އެކަކަށް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަށެވެ.
"އަންހެން ކުއްޖެއްގެ ފޯނު ވަގަށް ނެގި ކަމަށްބުނެ ފުރަތަމަ ދެމީހަކު ތަޅައިގަތީ ދެން އެތަނުން އެކެއްގެ ކޮއްކޮ އެ މާރާމާރީގެ ތެރެއަށް ވަދެގަތީ، ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ފޯނު ވަގަށްނެގި ކަމަށްބުނާ މީހާގެ ކޮއްކޮ، އޭނަގެ ލޯކައިރިން ފަޅައިގެން ގޮސްފަ ހުރީ" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލިނގިލީގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 10:45 ހާއިރު ކަމަށެވެ. އަދި އެމައްސަލައިގެ ތުހުމަތުގައި އަދި އެކަކުވެސް ހައްޔަރުކޮށްފައި ނުވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް