ޗުއްޓީ ނިންމާލުމަށްފަހު ތްރިޕްތީ ފުރައިފި

ބޮލީވުޑް ބަތޮލާ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލައި ފުރައިފިއެވެ. ފިލްމު އެނިމަލް އިން ބޮޑު މަގްބޫލުކަމެއް ހޯދި ތްރިޕްތީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ....

05 Feb 2025 | 13:01

ބޮލީވުޑް ބަތޮލާ ރާއްޖޭގައި ހޭދަކުރި ޗުއްޓީ ނިންމާލައި ފުރައިފިއެވެ.

ފިލްމު އެނިމަލް އިން ބޮޑު މަގްބޫލުކަމެއް ހޯދި ތްރިޕްތީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ކުޑަވިލިނގިލި ރިސޯޓުގައެވެ.

2017 ވަނަ އަހަރު ފިލްމު ”މޮމް“ އިން ބޮލީވުޑަށް ނިކުތް ތުރިޕްތީއަށް ކެރިއަރުގައި ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”ކަލާ“ އާއި 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު ”އެނިމަލް“ އިންނެވެ. އެނިމަލްގައި ތުރިޕްތީ ކުޅުނު ސަޕޯޓިންގ އެކްޓްރެސްގެ ރޯލަށް 2024 ވަނަ އަހަރުގެ ފިލްމު ފެއަރ އެވޯޑްސް ލިބިފައިވެއެވެ.

ތުރިޕްތީ މިދިޔަ އަހަރު ކުޅުނު ފިލްމުތަކުގެ ތެރޭގައި ”ބޭޑް ނިއުޒް“، ”ވިކީ ވިދްޔާ ކާ ވޯ ވާލާ ވީޑިއޯ“ އަދި ”ބޫލް ބުލައްޔާ 3“ ހިމެނެއެވެ.

މި އަހަރުވެސް ދެ ފިލްމެއްގެ މަސައްކަތް ތުރިޕްތީ އަންނަނީ ކުރަމުންނެވެ. އެއީ ފިލްމު ”ދަޅަކް 2“ އަދި އިތުރު ފިލްމެއްގެ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް