މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައިޖީއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ރިޝްވާން އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ރިޝްވާން އެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ރިޝްވާން އެ މަޤާމަށް އައްޔަންކޮށްފައި މިވަނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހިމް ވަކި ކުރުމަށްފަހުގައެވެ. ވަޖީހް އެ މަޤާމުން ވަކިކޮށްފައިވަނީ މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ރިޝްވާން އަދާކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ކުރިން ރިޝްވާން ހުންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމުގައެވެ. އެ މަޤާމުން އިސްތިޢުފާ ދެއްވީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް