ސްޕްރޭ ފުޅީގެ ފޮޓޯ އަދި އެކްސްރޭ ލީކުވި މައްސަލަ ބަލަނީ

މީހެއްގެ ފުރަގަސް ފަރާތުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ މަންޒަރު ފެންނަ އެކްސްރޭ އާއި އޮޕަރޭޝަނަށްފަހު އެ މީހާގެ ހަށިގަނޑުން ނެގި އެ ސްޕްރޭ ފުޅީގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލީކުވި މައްސަލަ ބަލަން ...

05 Feb 2025 | 09:40

މީހެއްގެ ފުރަގަސް ފަރާތުގައި ބޮޑީ ސްޕްރޭ ފުޅިއެއް ތާށިވެފައިވާ މަންޒަރު ފެންނަ އެކްސްރޭ އާއި އޮޕަރޭޝަނަށްފަހު އެ މީހާގެ ހަށިގަނޑުން ނެގި އެ ސްޕްރޭ ފުޅީގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލީކުވި މައްސަލަ ބަލަން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ބިދޭސީއެއްގެ އެކްސްރޭ އަދި އޮޕަރޭޝަނަށްފަހު ނަގާފައިވާ ސްޕްރޭ ފުޅީގެ ފޮޓޯތައް ލީކުވި މައްސަލަ އިސްވެ ހެލްތު މިނިސްޓްރީން ބަލާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން އެ މިނިސްޓްރީން މިއަދު ބުނެފައިވަނީ އެ މައްސަލަ ބަލަން ފަށާފައިވާކަމަށެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ފުރަތަމަ ފެތުރުނީ އެއީ އައިޖީއެމްއެޗްއާއި ގުޅުންހުރި ކޭސް އެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް އެއީ އައިޖީއެމްއެޗް އާއި ގުޅުންހުރި ކޭސް އެއް ނޫންކަން އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް