ޣައްޒާގެ ބިމާ ހަވާލުވެ މުޅި ބިން ސާފުކޮށް އަލުން އާރާސްތު ކުރާނީ އެމެރިކާއިން ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.
ޓްރަމްޕް މިހެން ބުނެފައިވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޓްރަމްޕް ބުނެފައިވަނީ ޣައްޒާއަށް މީހުން އަލުން އެ ރުޖޫޢަވަނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި ބޮލަށް ވެއްޓޭ ހާލުގައި ހުރި ކޮންކްރީޓް އިމާރާތްތަކުގައި އަދި މަގުތަކުގައި ހާލުގައި އުޅެން އެމީހުންވެސް ބޭނުން ނުވާނެ ކަމަށެވެ.
ޣައްޒާއާއި ބެހޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ އެމެރިކާއިން ޣައްޒާއާއި ހަވާލުވާނެ ކަމަށާއި ޣައްޒާގެ މުޅި ބިން ސާފުކޮށް ޣައްޒާގައި އިންފްރާސްޓްރަކްޗާ އެކުލަވާލާނީ އެމެރިކާއިން ކަމަށެވެ.
ޓްރަމްޕް މިއަދު މިހެން ބުނެފައިވާއިރު ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން އަށް ގެންދިއުމަށް އެ ދެ ޤައުމުގެ ކުރެން ޓްރަމްޕް މީގެ ކުރިން އެދިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް