ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ޕާޓީގެ ޕްރައިމަރީގައި ކަށަވަރުކޮށްފައިވާ މަޖިލިސް 2024ގެ ޓިކެޓު އަތުލައި އެ ޕާޓީންވެސް ވަކި ކުރަން އެ ޕާޓީން ނިންމައިފިއެވެ.
އެކަން ހާމަކޮށް އެ ޕާޓީން މިރޭ ބުނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި މިޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާ ކާމިޔާބުކުރެއްވި ހ.ތިމާވެށި އަބްދުﷲ ޖާބިރު، މި ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ، މި ކަމަކީ އެ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމުގައިވާތީ އެ ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރު 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން ޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާކަމަށެވެ.
އަދި ހ.ތިމާވެށި އަބްދުﷲ ޖާބިރު މި ޕާޓީއާ އަލުން ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ މި ޕާޓީގެ ޤައުމީ މަޖިލިހަށް ހުށައަޅައި އެމަޖިލިހުން ނިންމަވާގޮތެއްގެ މަތިންކަމަށާއި އަދި މި ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް އަބްދުﷲ ޖާބިރު މި ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް