ނެމީބިއާގެ ރައީސް ހާގޭ ގެންގޮބް، އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދެ ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ 6 ފެބްރުވަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 7 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/05 ނަންބަރު ދެންނެވުމުގައެވެ.
ނޭމީބިއާގެ ރައީސް ހާގޭ ގެއިންގޮބް އިއްޔެ އަވާހަރަވެފައިވަނީ ކެންސަރު ބައްޔަށް ޕޮޒިޓިވްވިތާ ހަފުތާއެއްހާ ދުވަސް ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް