ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް މަހާ ގާތަށް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަކާއެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް އަންނަ ބުދަ ދުވަހު ހަތަރު މަސް ފުރި ފަސް ވަ...

05 Feb 2024 | 00:11

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކަކާއެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކަށް އަންނަ ބުދަ ދުވަހު ހަތަރު މަސް ފުރި ފަސް ވަނަ މަސް ފެށިގެން ދާނެއެވެ.

އެހެން ނަމަވެސް އަދިވެސް ހަނގުރާމަ ހުއްޓޭނެ ކަމުގެ މާ ބޮޑު އުންމީދެއް ނެތެވެ. އޮތް އުންމީދަކީ މިހާރު މަޝްވަރާ ކުރެވެމުން އަންނަ "ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމުގެ" މަޝްވަރާތަކެވެ.

އެ މަޝްވަރާތަކުގައިވެސް އަދި މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވާއިރު ހުށަހެޅުންތަކެއް ދެ ފަރާތުންވެސް ހުށަހަޅާފައިއެބަވެއެވެ. ހަމާސް އިން އަންނަނީ އެ ހުށަހެޅުންތައް އިތުރަށް ދިރާސާކޮށް ހަމާސްގެ ފަރާތުން އިތުރު ހުށަހެޅުންތަކެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން އިއްޔެގެ ހަބަރުތަކަށް ބަލާލާއިރު އެންމެ ފުރަތަމަ ފޭޒްގައިވެސް ހަ ހަފްތާގެ މުއްދަތަކަށް ހަމަލާތައް ބަދަލުކުރުން މެދުކަނޑާލުމަށް ހަމާސް އިން ހުށަހަޅާނެއެވެ. އަދި އެ މުއްދަތުގައި ދެ ފަރާތުންވެސް ހަނގުރާމައިގެ އަސީރުން ބަދަލުކޮށް މަސްރަހު ފިނި ކުރުމަށް މަސައްކަތް ކުރާނެއެވެ.

އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނަތާ ފަސް ވަނަ މަސް ފެށެން ގާތްވެފައިވާއިރު މި ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 27،365 އަށް އަރާފައެވެ. އެ އަދަދުގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ ފަރާތްތައް ކަމުގައި ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް