ރައީސް ސޯލިހްގެ މޫނަށް ކުޅެއް ޖަހާ މީހަކަށް ތިމަރަފުށީ މުސްތަފާ ބައި ލައްކަ ރުފިޔާ ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޫނަށް ކުޅެއް ޖެހި މީހަކަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ހު...

05 Feb 2023 | 16:12

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޫނަށް ކުޅެއް ޖެހި މީހަކަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ހުށަހަޅައިފިއެވެ.

މުސްތަފާ މި މޭރުމުން ކުރި ޓްވީޓެއްގައި އެހެން ބުނެފައިވަނީ ރައީސް ސޯލިހްގެ ޓްވިޓާ ހޭންޑަލް ޓެގް ކުރުމަށްފަހުގައެވެ.

އެކަން ދިފާއުކުރަމުން އޭނާ ބުނެފައިވަނީ ބައި ލައްކައަކީ އޭނާއަށް ދެވޭނެ ވަރު ކަމަށާއި ބޭނުމަކީ ރައީސް ސޯލިހް އޭނާއަށް ދޭން ޖެހޭ ފައިސާ ހޯދުން ކަމަށެވެ.

އެ ފައިސާގެ ކޮންމެވެސް ވަރެއްގެ ތަފްސީލެއް ދެމުން ބުނެފައިވަނީ އޭނާގެ ބޯޓެއް ރައީސް ސޯލިހް ކާލައިގެން ދޭން ޖެހޭ ފަސް ލައްކަ ޑޮލަރުވެސް ނުދޭ ކަމަށާއި ބޯޓުގެ ހުކުމުގައިވާ 1.278 މިލިޔަން ޑޮލަރާއި ޖުމްލަ 1.778 މިލިޔަން ޑޮލަރު ނުލިބޭ ކަމަށެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނީ ތިމަރަފުށި ނަމުގައި ބޭނުންކުރަމުންގެންދާ ޓްވިޓާ ހޭންޑަލަކުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް