ޅ. އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސްގެ ހިދުމަތް ފަށައިފި އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ތަރައްޤީ ކޮށްފައި ވަނީ އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގެ ޑައިލަސިސް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިއަދު އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މި ޑައިލަސިސް ސެންޓަރ އިމާރާތް ބިނާކޮށްފައިވަނީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ ބަލި މީހުންނަށް ޚާއްސަ 2 އެނދާއި، 1 އައިސޮލޭޝަން ރޫމް އަދި ޑައިލިސިސް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމްކުރެވޭނެ ގޮތަށް ކަމަށެވެ.
ޅ. ނައިފަރުގައި ޤާއިމްކުރެވުނު މި ޑައިލަސިސް ސެންޓަރު ތަރައްޤީ ކުރުމުގެ މަޤްޞަދަކީ، އެ ސަރަހައްދުގެ އަތޮޅުތަކުގައި ދިރިއުޅޭ ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ޅ.އަތޮޅު ހޮސްޕިޓަލުގައި ޑައިލަސިސް ސެންޓަރު ބިނާކޮށްފައި ވަނީ 8 ލައްކައަށް ވުރެ ގިނަ ރުފިޔާ އެމްޑަބްލިޔުއެސްސީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން ހޭދަކޮށްގެން ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް