ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފީޑު ފުލުހުންނާ ހިއްސާކުރުމަށް އެއްބަސްވުމެއް

ހިޔާ ޓަވަރގެ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ. އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔ...

05 Feb 2023 | 13:42

ހިޔާ ޓަވަރގެ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީ ގައި ޤާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެ އާއި ބޭރުގައި ހަރުކޮށްފައިވާ  ކެމެރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށްޓަކައި މިއަދު ވަނީ އެއްބަސްވުމެއް އެކުލަވާލާފައި ކަމަށެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށެވެ.

އަދި މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗް.ޑީ.ސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.

މި އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފް އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް