ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެ

ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ. އެ ރަށުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެ ރަށުގެ ކައުންސިލުން ކަށަވަރުކޮށްދެއެވެ. މިކަމުގައި އަދި ފުލުހުންގެ ކޮމެންޓެއް ލިބި...

05 Feb 2023 | 13:31

ގދ. ނަޑެއްލާގައި އުމުރުން ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެއެވެ.

އެ ރަށުގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެ ރަށުގެ ކައުންސިލުން ކަށަވަރުކޮށްދެއެވެ.

މިކަމުގައި އަދި ފުލުހުންގެ ކޮމެންޓެއް ލިބިފައެއް ނުވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައިވަނީ އެކަނި މަސް ހިފަން ގޮސް އުޅުނު، އެ ރަށަށް ނިސްބަތްވާ އަބްދުﷲ އިބްރާހިމް ނަމަކަށް ކިޔާ މީހެކެވެ. އުމުރު އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އަބްދުﷲ އިބްރާހިމް މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރުފަހު 03:00 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް