ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް އަވާހަރަ ވެއްޖެ އެވެ.
އޭނާ އަވާހަރަވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. މަރުވި އިރު އުމުރުފުޅަކީ 79 އަހަރެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަވަހާރަވީ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށް ފަހު ދުބާއީގެ އަސްކަރީ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާ ފަރުވާ ހޯއްދަވަމުން ގެންދެވީ ހިތުގެ އާލާސްކަނފުޅަކަށް ކަމަށްވެ އެވެ.
ޕާކިސްތާން ސިފައިންގެ ކުރީގެ ވެރިޔާ މުޝައްރަފް އަސްކަރީ ބާރު ބޭނުންކޮށްގެން ރައީސްކަމަށް ވަޑައިގަތީ 2001 ގަ އެވެ. އޭނާގެ ވެރިކަން ނިމުނީ 2008 ވަނަ އަހަރު އެވެ.
މުޝައްރަފް ގައުމު ދޫކުރައްވާ ދުބާއީއަށް ދިރިއުޅުން ބަދަލު ކުރެއްވީ އޭނާގެ ވެރިކަން ނިމުމާއި އެކު ދެކޮޅަށް ބަލަން ފެށި މައްސަލަތަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް