އެއްގަމު އުޅަނދުގެ ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފި

ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން ތައާރަފް ކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށަ...

05 Feb 2023 | 05:25

ޓްރާންސްޕޯރޓް މިނިސްޓްރީގެ ފަރާތުން ތައާރަފް ކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންކުރާ ލައިސަންސް ޑިޖިޓަލް ކުރުމަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ޑިޖިޓަލް ލައިސަންސް ދޫކުރަން ފަށައިފި އެވެ.

މިއަދުން ފެށިގެން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބޭނުން ކުރަމުންދާ އެޕްލިކޭޝަނުން ފެންނަ އެ މިނިސްޓްރީގެ ޑިޖިޓަލް ލައިސަންސަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުގެ ލައިސަންސްގެ ގޮތުގައި ބައްލައިގަނެ އެޕްލިކޭޝަނުން ފެންނަ ލައިސަންސަކީ މުއްދަތު އޮތް ލައިސަންސެއްނަމަ އެއީ ޞައްޙަ ލައިސެންސް ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ބަލައިގަތުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި އަލަށް ތަޢާރަފްކުރެވޭ މި ސޮފްޓްވެއަރގައި ލައިސަންސަށް އެދި ހުށަހެޅުމާއި، އެންމެހާ މަސައްކަތްތައް ކުރެވިގެންދާނީ ޑިޖިޓަލްކޮށް ކަމަށާއި މިއަދުން ފެށިގެން ލައިސަންސް ދޫކުރެވޭނީވެސް ޑިޖިޓަލް ކޮށް ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ބަދަލުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ޒަމާނީ ވުމުގެ އިތުރުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ޕްރިންޓިންގ އަށް ކުރަމުން ގެންދާ ހޭދަ ކުޑަވެގެން ދާނެކަމަށާއި ޑިޖިޓަލް ކޮށް ލައިސަންސް ދޫކުރާ ގޮތަށް ބަދަލުކުރި ނަމަވެސް ކޮންމެހެން ލައިސަންސް ކާޑު ޕްރިންޓް ކޮށްގެން ގެންގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ފަހިކޮށް ދެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް