ޝިއުނާގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި އެވެ. އޭނާގެ ޓުވިޓާ އެކައުންޓުގެ ނަމަކަށް އިންނަނީ "ނަންނަޒީވް" އެވެ. ޝިއުނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށް...

05 Feb 2023 | 05:14

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފި އެވެ.

އޭނާގެ ޓުވިޓާ އެކައުންޓުގެ ނަމަކަށް އިންނަނީ "ނަންނަޒީވް" އެވެ.

ޝިއުނާގެ ޓުވިޓާ އެކައުންޓު ސަސްޕެންޑު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން "ލޭ އޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ" ކަމަށް ބުނެ ޓުވީޓެއް ކޮށްފައި ވަނިކޮށެވެ. އެ ޓްވީޓުގައި ބުނީ "ބަޔަކު ވަރަށް ހަރުކަށިކަމާ އެކު ނުކުމެ މި ވެރިކަން ނިންމަން ވެއްޖެ ކަމަށާއި ޓްވީޓްކުރަން ތިބެގެން ވާން ނެތް ކަމަށެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ލިޔެފައި އޮތީ ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ކަމަށާއި ރައީސް ހަމަ ބިމަށް ތިރިކުރަން ވެއްޖެ ކަމަށެވެ.

ޓުވިޓާއިން ޝިއުނާގެ އެކައުންޓު ސަސްޕެންޑު ކޮށްފައިވާއިރު ރައީސް ސޯލިހަށް އަމާޒުކޮށް ކުރި އެ ޓުވީޓުގެ މައްސަލަ ފުލުހުންވެސް ދަނީ ބަލަމުންނެވެ. ފުލުހުން ބުނީ ޝިއުނާ ކޮށްފައިވާ ޓްވީޓެއްގެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ޝިއުނާގެ އެކައުންޓަކީ10،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.

މީގެ ކުރިން ވެސް ސޯޝަލް މީޑިއާގައި އެފަދަ ކަންކަމަށް ހިތްވަރުދީ ޕޯސްޓުތައް ކުރާ މީހުން ހައްޔަރުކޮށް، ދައުވާ ވެސް އުފުލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް