އޮލިމްޕަހުގެ މަސައްކަތަކީ އިންޑިއާއާ ރާއްޖޭގެ ޒަމާންވީ ގުޅުން ރަމްޒު ކޮށްދޭނެ މަޝްރޫޢެއް: ސަފީރު

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ރަމްޒެއް ކަމަށް އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއ...

05 Feb 2023 | 04:06

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ރަމްޒެއް ކަމަށް އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެ އެވެ.

ސަފީރު މުނޫ މަހާވަރު މިހެން ވިދާޅުވީ، މަރާމާތަށް ބަންދުކުރުމަށްފަހު ގިނަ ދުވަސްތަކެއް ފަހުން ރޭ އޮލިމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުންނެވެ.

ސަފީރު ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިމަގުގައި ވެސް ދިވެހި ސަރުކާރާއި ގުޅިގެން އިތުރު ސްކްރީން ތަކާއި މިއުޒިކް ފެސްޓިވަލްތައް ފަދަ ހަރަކާތްތައް ރާއްވަ ވާނެ ކަމަށެވެ.

އަދި މި މަސައްކަތަކީ އިންޑިޔާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ރަމްޒު ކޮށްދޭނެ މަޝްރޫޢުއެއް ކަމަށް ސަފީރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މި މަސައްކަތް ކާމިޔާބު ކުރެވުނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށް ސަފީރުގެ ވާހަކަފުޅު ގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

މިގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ފޮރިން މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އޭކަމަނާގެ ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާ އެ ހުރިހާ ފަރާތްތަކަށް ސަފީރު މުނޫ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އޮލިމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ އިތުރުން ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ގިނަ ފަންނާނުންތަކެއް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން އިންޑިއާއިން ދިން އެހީގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް