އަދުރޭ އިބޫއަށް: 2023 ގެ ފޯމިއުލާ ރަނގަޅަށް ދައްކާލާނަން

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ފޯމިއުލާ ރަނގަޅަށް ދައްކާލާނެ ކަމުގައި އިދިކޮޅު ކޯލީޝަން ލީޑުކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އެ ކޯލީޝަންގައި ހިމެނޭ ޕީ...

05 Feb 2023 | 03:40

ކުރިއަށް މި އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ފޯމިއުލާ ރަނގަޅަށް ދައްކާލާނެ ކަމުގައި އިދިކޮޅު ކޯލީޝަން ލީޑުކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެ ކޯލީޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް، އަދުރޭ މިހެން ވިދާޅުވީ ރޭ އެ ކޯލީޝަނުން ބޭއްވި "ދުއްޕާން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިހާބު ކާމިޔާބު ކުރާނެ ފޯމިއުލާ އޮތް ކަމުގައި ރައީސް ސޯލިހް ވިދާޅުވެފައިވާއިރު އެކަމަށް ޖޯކު ޖައްސަވަމުން އަދުރޭ ވިދާޅުވީ އެ ފޯމިއުލާ އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި 2023 ގައި ފޯމިއުލާ ހިފައިގެން ނިކުމެ ފޯމިއުލާ ރަނގަޅަށް ދައްކާލާނެ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށާއި ރައީސް ޔާމީންގެ ވިސްނުންވެސް ބަދަލު ނުކުރެވޭނެ ކަމަށާއި އަދި ރައީސް ޔާމީންގެ ލަޝްކަރުވެސް ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ރިޔާސީ އިންތިހާބުގެ ވޯޓުލާ ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެކަމުގައި ތަކުރާރުކޮށް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް