ސަނީ ލިއޯނީގެ ފެޝަން ޝޯއަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް !

ބޮލީވުޑް ބަތަލާ، ސަނީ ލިއޯނީގެ ފެޝަން ޝޯއެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮމުގެ މިހަމަލާ ދީފައިވަނީ އިންޑިއާގެ މަނީޕޫރުގެ އިމްފާލްގެ ހަޕް...

05 Feb 2023 | 03:10

ބޮލީވުޑް ބަތަލާ، ސަނީ ލިއޯނީގެ ފެޝަން ޝޯއެއް ބާއްވަން ތައްޔާރުވަމުންދަނިކޮށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބޮމުގެ މިހަމަލާ ދީފައިވަނީ އިންޑިއާގެ މަނީޕޫރުގެ އިމްފާލްގެ ހަޕްތާ ކަންޖެއިބުން ކިޔާ ސަރަހައްދެއްގައެވެ. އެ ސަރަހައްދުގައި އިއްޔެ ބާރުގަދަ އަތުބޮމެއް ގޮއްވާލާފައިވަނީ ސަނީގެ ފެޝަން ޝޯ ބާއްވަން އުޅުނު ސްޓޭޖާއި 100 މީޓަރު ދުރުގައެވެ. ނަމަވެސް މިއީ އެ ފެޝަން ޝޯ ބޭއްވިޔަ ނުދިނުމަށް ދިން ހަމަލާއެއްކަމުގައި ތުހުމަތު ކުރެއެވެ.

ސަނީގެ ފެޝަން ޝޯއަކަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވާއިރު، މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ސަނީ ލިއޯން ބޮލީވުޑަށް ނިކުތީ 2012 ވަނަ އަހަރު، ޕޫޖާ ބަޓްގެ ފިލްމު "ޖިސްމް 2" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް