ކޮންމެ ދުވަހަކީވެސް ކޮންމެވެސް ދުވަހެކެވެ. އެގޮތުން މިއަދަކީވެސް ދުވަހެކެވެ. ހަފްތާއިން ބަލާނަމަ އާދީއްތަ ދުވަހެކެވެ. އަހަރުން ބަލާނަމަ އަހަރުގެ 36 ވަނަ ދުވަހެވެ. އަހަރު ނިމެން 36 ދުވަހެވެ.
ކޮންމެއަކަސް މިއަދަކީ އަދި އެހެން ދުވަހެއްވެސް މެއެވެ. މިއަދަކީ ދުނިޔޭގެ ނިއުޓެއްލާ ދުވަހެވެ.
ނިއުޓެއްލާ އަކީ ހެޒެލްނަޓާއި ކޮކޯއާގެ އެއްވުމަކުން އުފެދޭ ސްޕްރެޑަކަށް އިޓަލީން ދީފައިވާ ނަމެކެވެ. ނިއުޓެއްލާ ރަސްމީކޮށް ނިސްބަތްވަނީވެސް އިޓަލީއަށެވެ. އެންމެ ފުރަތަމަ އިޓަލީގައި ނިއުޓެއްލާ ތައާރަފް ވެގެންދިޔައީ 1964 ވަނަ އަހަރުގައެވެ.
ދުނިޔޭގެ ނިއުޓެއްލާ ދުވަސްގެ ގޮތުގައި ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަސް ފާހަގަކުރަން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ނިއުޓެއްލާއަށް ލޯބިކުރާ އެންމެން އެމީހުންގެ ނިއުޓެއްލާ ކެއުން،ބުއިންތަކުގެ ފޮޓޯތަކާއި ރެސިޕީތައް ސޯޝަލް މީޑިއާއަށް ހިއްސާކޮށް އުޅެއެވެ.
ނިއުޓެއްލާ 1964ގައި ތައާރަފްވި ނަމަވެސް ނިއުޓެއްލާ ސީދާ އެ ބްރޭންޑްގެ ދަށުން ލޯންޗު ކުރެވިގެންދިޔައީ 1966ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް