ކޮމަންޑު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަކީ ރައީސް ސޯލިހަށް އަދި ކޯލިޝަނަށް ލިބުނު ބޮޑު ކާމިޔާބެއް: އަނދުން ހުސައިން

މިއީ އެމްޑީޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހު...

05 Feb 2022 | 18:01

މިއީ އެމްޑީޕީ އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ޑިޕިއުޓީ ލީޑަރ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަންދުން ހުސައިން) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި ކާމިޔާބުން ދައްކުވައިދިނީ ބޮޑު ބަލިމަޑުކަމެއްގައި ވެސް އެމަނިކުފާނު ގެންގުޅުއްވާ އިގްތިސާދީ އަދި ލާމަރުކަޒުކުރުމުގެ ވިސްނުން ދިވެހިން ބަލައިގެންފިކަން ކަމަށްވެ.

"މިއީ އެމަނިކުފާނުގެ ސިޔާސަތުތަކާ ލީޑަރޝިޕްގެ ނަތީޖާ. ރައްޔިތުން އެބުނެދިނީ އެވާހަކަ. މަރުޙަބާ އެމްޑީޕީ އަދި ރާޝިދު." އަނދުން ހުސައިން ވިދާޅުވިއެވެ.

މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓު މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އާ ވާދަކުރައްވައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫގައި ބެހެއްޓި އެއް ވޯޓު ފޮށްޓާއި މަރޮށީގައި ބެހެއްޓި ވޯޓު ފޮށި ރާޝިދު ކާމިޔާބު ކުރެއްވި އިރު، ކޮމަންޑޫގައި ބެހެއްޓި އަނެއް ވޯޓު ފޮށި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ފަތުހީއެވެ.

ފޯކައިދޫގައި ބެހެއްޓި ވޯޓު ފޮށި ކުޑަ ތަފާތަކުން ކާމިޔާބު ކުރީ ފަތުހީއެވެ. ފަތުހީއަށް 202 ވޯޓު ލިބުނުއިރު ރާޝިދުއަށް ލިބިފައިވަނީ 195 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް