ރާއްޖެއިން މިދިޔަ 24 ގަޑިއިރު ތެރޭ 1589 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 400 މީހަކާއި އަތޮޅުތެރެއިން 843 މީހަކާއި ރިސޯޓުތަކުން 80 މީހެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 148،580 އަށް އެރީއެވެ.
ހޮސްޕިޓަލުތަކުގައި 52 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 281 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 263 ދިވެހީންނާއި 18 ބިދޭސީންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1686 މީހަކު ކޮވިޑު ބަލިން ރަނގަޅުވެފައިވާ އިރު، ބަލިން ފަސޭހަވީ މީހުންގެ އަދަދު 130،649 އަށް ވަނީ އަރާފައެވެ. ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 17،637 މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް