ރަވީ ޝަސްތްރީއާ ކައިވެނި ކުރަން އަމްރިތާ ސިންގް ބޭނުންވި

އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ހެޑް ކޯޗު ރަވީ ޝަސްތްރީއާ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގް ކައިވެނި ކުރަން ބޭނުންވި ކަމުގައި ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. މީޑިއާ ރިޕ...

05 Feb 2022 | 13:50

އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ހެޑް ކޯޗު ރަވީ ޝަސްތްރީއާ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ އަމްރިތާ ސިންގް ކައިވެނި ކުރަން ބޭނުންވި ކަމުގައި ބައިނަލްއަޤްވާމީ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަމްރިތާގެ ފުރަތަމަ ލޯތްބަކީ ކްރިކެޓް ކުޅުންތެރިޔާ ރަވީ ޝަސްތްރީ އެވެ.

ރަވީ ޝަސްތްރީ އާއި އަމްރިތާ ސިންގް ކައިވެނި ކުރަން ބޭނުންވި ނަމަވެސް ރަވީ ހުށަހެޅި ޝަރުތަކީ ކައިވެންޏަށްފަހު އަމްރިތާ ފިލްމު ކުޅުން ހުއްޓާލުމަށެވެ. ނަމަވެސް މި ޝަރުތާއި އެއްބަސް ނުވެވުމުން އަމްރިތާ ވަނީ ރަވީއާ ގުޅުން ކަނޑާލާފައެވެ.

އޭގެފަހުން ފިލްމު 'ބަންތުވަރާ' ގެ ޝޫޓިންގެ ތެރެއިން 1989 ވަނަ އަހަރު އަމްރިތާ  ވަނީ އެކްޓަރު ވިނޯދް ކަންނާއާ ރައްޓެހިވެގެން އުޅެފައެވެ.

ނަމަވެސް އެގުޅުން ވެގެން ދިޔައީ އަމްރިތާގެ މަންމަ ވަރަށް ނުގަބޫލު ގުޅުމަކަށެވެ. ސަބަބަކީ ވިނޯދް ކައިވެންޏެއްކޮށް އަމްރިތާ އަށް ވުރެ ދޮށިވެފައި ހުރުމެވެ.

އޭގެ ފަހުން 1991 ވަނަަ އަހަރު  ބޮލީވުޑްގެ އެކްޓަރ ސައިފް އާއި އަމްރިތާ ކައިވެނި ކޮށްފައި ވެއެވެ.

އެ ކައިވެންޏަށް ދެ ދަރިން ލިބިފައި ވެއެވެ. އެއީ އިބްރާމް އަލީ ޚާން އާއި ބަތަލާ ސާރާ އަލީ ޚާން އެވެ.

އަމްރިތާއާ ސައިފްގެ 13 އަހަރުވީ ކައިވެނި ނިމުމަކަށް އައިސްފައި ވަނީ 2004 ވަނަ އަހަރުއެވެ.

އަމްރިތާ އޭގެ ފަހުން އިތުރު ކައިވެންޏެއް ކޮށްފައި ނުވާއިރު ސައިފް ވަނީ 2012 ވަނަ އަހަރު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރާއި ކައިވެނި ކޮށްފައެވެ. އަދި އެ ކައިވެންޏަށް ދެފިރިހެން ދަރިން ވެސް ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް