ބްރެޒިލްއިން ރާއްޖެއައި 2 މީހުންގެ އަތުން، 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އެތެރެވި ދެމީހެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ  މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރ...

05 Feb 2022 | 13:47

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އެތެރެވި ދެމީހެއްގެ އަތުން 21 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ  މި މަހުގެ 4 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 21 އަހަރުގެ ބްރެޒިލް ފިރިހެނަކާއި އުމުރުން 23 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު

ޝައްކުކުރެވިގެން އެ މީހުންގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައި ކަމުގައެވެ.  އަދި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

21 އަހަރުގެ ފިރިހެން މީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.760 ކިލޯގުރާމް ހުރި ކަމަށާއި 23 އަހަރުގެ އަންހެންމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.503 ކިލޯގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

އެގޮތުން  އެ ދެމީހުންގެ އަތުން ޖުމްލަ 4.263 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މީގެ އިތުރުން ކަސްޓަމްސް އިން ބުނީ މި މައްސަލަތަކުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 21،315،000.00 ރުފިޔާއަށް އަރާ ކަމުގައެވެ. އަދި މި މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް ދެމީހުންނާއި އެ ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް