މިއަދު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދު ކާމިޔާބުކޮށްފި އެވެ.
އިންތިހާބުގައި ރާޝިދާއި ވާދަ ކުރީ ޕީޕީއެމްގެ ކެންޑިޑޭޓޫން މޫސާ ފަތުހީ އާއި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާން އިދުރީސް އެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ކޮމަންޑޫގައި ބެހެއްޓި އެއް ވޯޓު ފޮށްޓާއި މަރޮށީގައި ބެހެއްޓި ވޯޓު ފޮށި ކާމިޔާބު ކުރީ ރާޝިދު އެވެ. ކޮމަންޑޫގައި ބެހެއްޓި އަނެއް ވޯޓު ފޮށި ކާމިޔާބު ކުރީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓު ފަތުހީ އެވެ.
ފޯކައިދޫގައި ބެހެއްޓި ވޯޓު ފޮށި ކުޑަ ތަފާތަކުން ކާމިޔާބު ކުރީ ފަތުހީ އެވެ. ފަތުހީއަށް202 ވޯތު ލިބުނުއިރު ރާޝިދުއަށް ލިބިފައިވަނީ195 ވޯޓެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް