ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހެއް ކަމަށެވެ. އަދި އެއީ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ބުނެފައިވެއެވެ.
މިއާއެކު ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު 281 އަަށް އެރީއެވެ. އެއީ 262 ދިވެހީންނާއި 19 ބިދޭސީންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
https://twitter.com/HPA_MV/status/1489924510656589824
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް