އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި ބައެއް މީހުން ހައްްޔަރަށް ގެންގޮސްފި

ކޮމަންޑޫ ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި ބައެއް މީހުން ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ. މައުލޫމާތ...

05 Feb 2022 | 11:21

ކޮމަންޑޫ ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލު ކައިރީގައި ޕީޕީއެމް އާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ޒުވާބު އުފެދި ބައެއް މީހުން ފުލުހުންގެ ހައްޔަރަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސަރަހައްދުގައި ވަނީ އެ ދެ ޕާޓީއަށް ނިސްބަތްވާ ދެ ގްރޫޕަކުން ޒުވާބުކޮށް ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އަދި އިންޒާރުތައް ވެސް ދީފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ އާ ގުޅިގެން ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ގިނަ ޢަދަދެއްގެ ފުލުހުން މިހާރު ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް