ސްރީލަންކާގައި 23 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އަފްހަމް ނަސީރް ކިޔާ މީހެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މީނާ އެންމެފަހުން ފެނިފައިވަނީ އިއްޔެގައެވެ. ގެއްލުނު އިރު ލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓެކެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި، މީނާ ދިރިއުޅޭ ގެއިން އެހެންގެޔަކަށް ބަދަލުވުމަށްޓަކައި ދަބަސް ބަހައްޓާފައި އެބައަންނަމޭ ބުނެ ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ.
މީނައާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް 94711182941+ / 9609882941+ އަށް ގުޅުއްވުމުމަށް އާއިލާގެ ފަރާތުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް