ރިޝްމީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އިން ނެރޭ "ޔާރާ" ގެ ޓީޒަރ ދައްކާލައިފި - މިއީ އާދައިގެ ޕްރޮޖެކްޓެއް ނޫން

މަޝްހީރު ބަތަލާ ރިޝްމީ ރަމީޒުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޔާރާ" ގެ ޓީޒަރ ޢާންމުކޮށް ދައްކާލައިފިއެވެ. ’އާރްޓޫޒީ (R2Z)’ގެ ފުރަތަމަ އުފެއްދުމުގެ ޓީޒަރ ރިޝްމީގެ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލާފަ...

05 Feb 2022 | 10:50

މަޝްހީރު ބަތަލާ ރިޝްމީ ރަމީޒުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޔާރާ" ގެ ޓީޒަރ ޢާންމުކޮށް ދައްކާލައިފިއެވެ.

’އާރްޓޫޒީ (R2Z)’ގެ ފުރަތަމަ އުފެއްދުމުގެ ޓީޒަރ ރިޝްމީގެ އިންސްޓަގްރާމް މެދުވެރިކޮށް ދައްކާލާފައިވީނަމަވެސް މިއީ ފިލްމެއް ކަމެއް ނުވަތަ ސީރީޒެއް ކަމެއް ނުބުނެއެވެ.

އަޙްމަދު އިޤްބާލް، ރަވީ ފާރޫޤް އަދި ރިޝްމީ ވެސް ޑައިރެކްޝަން ގައި ހިމެނޭ މި އުފެއްދުން ބައިސްކޯފުން ދަައްކަން ނިންމާފައިވާއިރު، ”ޔާރާ“ގެ ތަރިންގެ ތެރޭގައި ރިޝްމީގެ މަންމަ އާމިނަތު ރަޝީދާ، ކޮއްކޮ މަރިޔަމް އައްޒަ، ރަވީ ފާރޫޤް އަދި ޢަބްދުﷲ މުއާޒް ވެސް ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ އިތުރުން ”އެހެނަސް“ ވެބް ސީރީޒުން މަގްބޫލުކަމެއް ހޯދި މުހައްމަދު ވިޝާލް (ރޯމަން)، ފާތިމަތު ޝަރާ، ނަތާޝާ ޖަލީލް، އާމިނަތު ޝަމާނާ، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ (ޔަމް) އަދި އަހުމަދު ޝާރިފް ވެސް ތަރިންގެ ތެރޭގައި ހިމެނެއެވެ. އަދި ނުޒުހަތު ޝުޢައިބް، އަހުމަދް އަޒްްމީލް (އަޒޭ)، އިސްމާޢީލް ޖުމައިހް (ޖުމާ)، ލަވަކިޔުންތެރިޔާ އާމިނަތު ލަމްހާ ޢަބްދުއްލަތީފް (ލަމް) އަދި ޓިކްޓޮކުން ވިދާލި އިބްރާހިމް ޝާއިފް ވެސް ފެނިގެންދާނެއެވެ.

ފެޝަން ޑިޒައިނަރ ހުސެން ޝަދިޔާން (ސޭންޑީ) އާއި އަދުހަމް، މަރްޔަމް ޙަލީމް، ޢާއިޝަތު ގުލްފާމް އަދި އައިޝާ ޢަލީ ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

https://www.instagram.com/p/CZegVSyKu-d/?utm_source=ig_embed&utm_campaign=embed_video_watch_again

ރިޝްމީގެ ’އާރްޓޫޒީ (R2Z)’ގެ މި ޕްރޮޖެކްޓްގެ ވާހަކަ އެންމެ ފުރަތަމަ އާއްމުކުރީ ރިޝްމީގެ އިންސްޓްގްރާމްގައި ކުރިއަށް ގެންދިޔަ ލައިވްއެއްގައި މީގެ ދެ އަހަރެއްހާ ދުވަސްކުރިންނެވެ.

ރިޝްމީ ވަނީ 2017 ވަނަ އަހަރު ސާކް ފިލްމް ފެސްޓިވަލްގެ އެންމެ މޮޅު ބަތަލާގެ އެވޯޑް ހީދާފައެވެ. އެއީ ދިވެހި ފިލްމު ”ވިޝްކާ“ އިންނެވެ. އަދި ’ފިފްތު ޑޮކްޓަރ ސަރޯޖިނީ ނައިޑޫ، ދަ ނައިޓިންގޭލް އޮފް އިންޑިއާ، އިންޓަރނޭޝަނަލް އެވޯޑް ފޯރ ވޯރކިންގ ވިމެން‘ ގެ ޝަރަފުވެރި އެވޯޑް ވެސް ރިޝްމީ ވަހީ ހާސިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް