މއ. ސެމީ ޑީލްގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމުން ޕީޕީއެމްއިންވެސް ހަމަ އެ ގޭގައި ޖަގަހައެއް ހުޅުވާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ގެއަކީ މިއަދު ކުރިޔަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މާލޭ ވޯޓު ފޮށިތައް ބަހައްޓާފައިވާ އިސްކަންދަރު ސްކޫލް ކައިރީ ހުންނަ ގެއެކެވެ. އިސްކަންދަރު ސްކޫލްގައި ކޮމަންޑޫއަށް ހާއްސަ އަދި މަރޮއްޓާއި ފޯކައިދޫ ރައްޔިތުންނަށް ހާއްސަކޮށް ވަކި ވޯޓު ފޮށްޓެއް ބަހައްޓާފައިވެ އެވެ.
ޕީޕީއެމްއިން ކުރި ޓުވީޓެއްގައި ބުނީ އެ ޕާޓީގެ އޮފީސް ހުޅުވީ އެ ގޭގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެމްޑީޕީގެ އޮފީސް ހުޅުވާފައި ހުރީ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަ ކޮށްފައިވެ އެވެ.
މި ޖަގަހައިގަ ކުރިޔަށް ދާނީ ވޯތު ލުމާއި ގުޅޭ ކަންކަން އިންތިޒާމް ކުރުން ކަމަށް ބުނެފައިވެ އެވެ.
https://twitter.com/ProgressPartyMV/status/1489884002744147968
މިއަދު މެންދުރު ކުރީގައިވެސް އެ ސަރަހައްދުގައި ވަނީ އެމްޑިޕީން ވޯޓަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ޕީޕީއެމްއިން ނުރުހުން ފާޅުކޮށް ހަމަނުޖެހުން ހިންގާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް