އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީގެ އިންސްޓަގްރާމް، ބަޔަކު ހެކްކުރަން މަސައްކަތް ކޮށްފިއެވެ.
ނޯރާ މިކަން އަންގާފައިވަނީ އޭނާގެ އިންސްޓަގުރާމް ސްޓޯރީ މެދުވެރިކޮށެވެ. އެނާގެ ސްޓޯރީގައި ބުނެފައިވަނީ އޭނާގެ އައިޑީ ހެކްކުރަން އިއްޔެ ހެނދުނުން ފެށިގެން ބަޔަކު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް މިހާރު ރަނގަޅުކަމަށް ބުނެ ނޯރާ ވަނީ އައިޑީ ރަނގަޅުކުރަން އެހީތެރިވިދިން، އިންސްޓަގްރާމް ޓީމަށް ޝުކުރު އަދާކޮށްފައެވެ.
ނޯރާ އަކީ އިންސްޓަގްރާމްގައި 37.6 މިލިއަން ފޮލޯވާސް ގެ ބޮޑު ފޭންބޭސް އެއް އޮންނަ މީހެކެވެ.
ނޯރާގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ޑާންސްމެރި ރާނީ" ، " ހަޔޭ ގަރްމީ" ފަދަ ލަވަތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް