ކޮންމެހެން ކުރަންޖެހޭ މަަސައްކަތެއް ކުރުމަށް ގަލޮޅުގެ ބަައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެކުންފުނިން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ގަލޮޅުގެ ފާށަނާ ކިލެގެ މަގާއި، މަޖީދީމަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށެވެ.
ކަރަންޓު ކަނޑާލާނީ މެންދުރު 14:00 އިން 16:00 އަށް ކަމަށާއި މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް، މި މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
https://twitter.com/STELCOMALDIVES/status/1489882501946691584
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް